ވިއެޓްނާމުން އެމެރިކާއެކު އިތުރަށް ގުޅުން ބަދަހި ކުރަނީ
ވިއެޓްނާމްގެ އަލަށް އިންތިޚާބުވި ރައީސް ޓޯ ލާމް ބުރާސްފަތި ދުވަހު ވަނީ އެމެރިކާއާއެކު ގުޅުން ބަދަހިކުރުމަށް ގޮވާލައްވާފައެވެ.
ވިއެޓްނާމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އިރު، "ބަނބުކެޔޮ ޑިޕްލޮމަސީ"ގެ ދަށުން ވޮޝިންޓަނާ އެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާއިން ހަނޯއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މާކް ނެޕާއާ އެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ލާމް ވިދާޅުވީ ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ގައުމުގެ ގުޅުން މަޑުމަޑުން ފުޅާކުރަން ޖެހޭ ކަމަށެވެ.
މީގެ ތިން ހަފުތާ ކުރިން ސްޓޭޓްގެ ރައީސްކަމަށް އިންތިހާބުވި ލާމް ވިދާޅުވީ ވިއެޓްނާމާއި އެމެރިކާ އިން ވެސް އިގްތިސާދީ ގުޅުން ބަދަހިކޮށް މަތީ ފަންތީގެ ދަތުރުތައް ކުރިއަރުވަން ޖެހޭ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވިއެޓްނާމުން އެމެރިކާއަށް އެކްސްޕޯޓްކުރި މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 22 އިންސައްތަ އިތުރުވެ 44.4 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ސަރުކާރުގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އަންގާރަ ދުވަހު ޗައިނާއިން ހަނޯއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒިއޮންގް ބޯއާ އެކު ބޭއްވި ބައްދަލުވުމެއްގައި ލާމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ ކަނޑުގެ މައްސަލަތައް ރަނގަޅަށް މެނޭޖްކޮށް ކޮންމެ ގައުމެއްގެ މަސްލަހަތަށް ވެސް އިހުތިރާމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވިއެޓްނާމާއި ޗައިނާއާ ދެމެދު ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޒަމާނުއްސުރެ އުފެދިފައިވާ ކަނޑުގެ މައްސަލަތަކުގެ ތެރެއަށް ވެއްޓިއްޖެ އެވެ. ވިއެޓްނާމްގެ ޚާރިޖީ ވުޒާރާއިން މިދިޔަ ހަފުތާގައި ބުނެފައިވަނީ ވިއެޓްނާމްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގައި ޗައިނާގެ ސާވޭ އުޅަނދެއް އޮތުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
ލޭމް އާއި ވިއެޓްނާމްގެ އެހެން ލީޑަރުން އަންނަ ހަފުތާގައި ހަނޯއީގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅު ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.