ޚަބަރު

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ދެ މީހަކަށް އަނިޔާ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު އެ ހިދުމަށް ލިބިފައި ވަނީ މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރެވެ.

ލޯންޗުގައި ދަތުރު ކުރަމުން ދިޔައީ ތިން މީހެކެވެ. އެއިން ދެ މީހަކަށް ލިބިފައިވާ އަނިޔާތަކަކީ ކުދި އަނިޔާތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!