މުނިފޫހިފިލުވުން

ކޮވިޑް19: ހީނާ ޚާން ބުރުގާ އަޅައިގެން ، އެދެނީ އެންމެން ދުޢާ ކުރުމަށް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކޯވިޑް 19 ދަނީ ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. މިހާތަނަށް 200 މީހުން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

Ads by STELCO

ބެލުންތެރިންގެ މެދުގައި މަޝްހޫރު ތަރިއެއް ކަމަށްވާ ހީނާ ޚާން މިވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިކޮށްދެއްވުމަށް އެދި ބުރުގާ އަޅައިގެން ދުއާ ކޮށްފައެވެ. ހީނާ ޚާން ވަނީ ބުރުގާ އަޅައިގެން ފޮޓޯ ނަގައި އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްގައި ހިއްސާ ކޮށްފައެވެ. މިފޮޓޯއާއެކު އާންމުންނަށް ދޫކޮށްލި މެސެޖުގައި ، ދުޅަހެޔޮ އަދި ބާއްޖަވެރި މާދަމާއެއް މިންވަރުކުރައްވާތޯ ދުއާ ކުރުމަށް ހީނާ ވަނީ އެދިފައެވެ.

ހީނާ ޚާން އަކީ ސްޓަރ ޕްލަސް އިން ގެނެސްދިން ސީރީސް "ޔެ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި އަކްޝަރާ ގެ ރޯލުން ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ހޯދި ތަރިއެކެވެ. ވަރަށް ފަހުން ހީނާ ވަނީ "ހެކްޑް" ފިލުމުން ބޮލީވުޑަށް ވެސް ނިކުމެފައެވެ.

ކޯވިޑް 19 އިންޑިއާގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ އިރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް ވަނީ އެ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!