މާލޭގައި މާރާމާރީއެއް، ދެ މީހަކު ހައްޔަރަށް

މާލޭގައި މިރޭ މާރާމާރީއެއް ހިނގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިނގީ ދަރުބާރުގެ ކައިރީގަ އެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހަށް މިރޭ 10:30 ހާއިރު ލިބުނު ކަމަށް ބުންޏެވެ.
މާރާމާރީގައި އަނިޔާވި މީހާ ސެނެހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.