ދުނިޔެ

ޖީ-7 އިން ޗައިނާ އާ ދޭތެރޭ މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގްރޫޕް އޮފް ސެވަން (ޖީ7)ގެ ލީޑަރުން ޗައިނާއާއެކު ވިޔަފާރީގެ މައިދާނުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، އިގްތިސާދީ ރައްކާތެރިކަން ހިމާޔަތްކުރުމަށް އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by WAMCO

އޮފިޝަލް ވިދާޅުވީ ޗައިނާގެ މާކެޓް ނޫން ސިޔާސަތުތަކާއި އަމަލުތަކާ ކުރިމަތިލުމުގައި ޖީ-7 ގެ އެކި ކަންކޮޅުތަކުގައި ހީވެސް ނުކުރާ ވަރުގެ އެއްބައިވަންތަކަމެއް ފެންނާނެ ކަމަށް ވޮޝިންޓަނުން އުންމީދު ކުރާ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން [ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ] ކުޅެމުން އައީ ތަފާތު އުސޫލަކުން، ބޭއިންސާފު އަދި ވާދަވެރި އިގްތިސާދީ އުސޫލުތަކާ ހިލާފަށް،" އޮފިޝަލް ވިދާޅުވި އެވެ.

ވޮޝިންޓަން އިން ބުނީ ޗައިނާގެ ސިޔާސަތުތަކާއި ސަބްސިޑީތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުންފުނިތައް މަދުވެ، ސޯލާ، ވިންޑް، އިލެކްޓްރިކް ވެހިކަލް، ލިތިއަމް-އަޔަން ބެޓެރީ، މެޑިކަލް ޑިވައިސް، މެޗޫއާ ނޯޑް ސެމިކޮންޑަކްޓާސް، ސްޓީލް ފަދަ ދާއިރާތަކުން ސަޕްލައި ޗެއިން ޑިޕެންޑެންސީތައް އުފެދޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންއާ އެކު އެމެރިކާ އާއި ޖީ-7 ގެ ބައިވެރިން ކަމަށްވާ އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަން، ފްރާންސް، އިޓަލީ އަދި ޖަޕާނުން އިންވެސްޓް ކުރަމުން ދަނީ ޑައިވާސިފައިޑް ސަޕްލައި ޗެއިންތައް ހެދުމަށާއި އިތުރު ރެޒިލިއަންޓް އިގްތިސާދުތަކެއް އުފެއްދުމަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!