ދެކުނު ޗައިނާ ކަނޑުގައި ކޮންޓިނެންޓަލް ޝެލްފް އިތުރުކުރަން ފިލިޕީންސުން އދއަށް
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ހަދާފައިވާ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް (އީސީއެސް) އަށް ފިލިޕީންސް އިން އދ އަށް ހުށަހަޅައިފި އެވެ.
ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ސެކްރެޓަރީ ފޮރ މެރިޓައިމް އެންޑް އޯޝަން އެފެއާޒް މާޝަލް ލުއިސް އަލްފެރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަދު އަޅުގަނޑުމެންގެ މުސްތަޤްބަލް އަމާންކުރަނީ، ޤުދުރަތީ ވަސީލަތްތައް ހޯދުމާއި، އީ.ސީ.އެސް.ގެ ޙައްޤުގެ ބޭނުން ހިފުމުގެ ޚާއްޞަ ޙައްޤެއް ހާމަކޮށްދީގެން ކަމަށެވެ.
ފިލިޕީންސް، ބްރޫނާއީ، މެލޭޝިއާ، ޓައިވާން އަދި ވިއެޓްނާމުން ބުނާ ބައެއް ސަރަހައްދުތައް ހިމެނޭ ގޮތަށް ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަހައްދަށް ޗައިނާއިން ދަޢުވާކުރެއެވެ. އަހަރަކު ތިން ޓްރިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރާ ސްޓްރެޓެޖިކް ވޯޓާވޭގެ ބައެއް ސަރަހައްދުތަކަކީ ތެލާއި ގުދުރަތީ ގޭސް ޖަމާކުރުމުގެ އިތުރުން މަހުގެ ސްޓޮކްތަކުން މުއްސަނދި ވެފައިވާ ސަރަހައްދުތަކެއް ކަމަށް ބެލެވެ އެވެ.
ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ނެރުނު ހުކުމުގައި ބުނެފައި ވަނީ ޗައިނާގެ ބޮޑެތި ކްލެއިމްތަކުގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
މެނީލާގައި ހުންނަ ޗައިނާއެމްބަސީގެ ބަހެއް ހޮނިހިރު ދުވަހު އދ.އަށް ލިބުމާ ގުޅޭ ގޮތުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފިލިޕީންސް ސަރުކާރާއި މަސްވެރި އުޅަނދުތަކާ އެކު ޗައިނާގެ ކޯސްޓްގާޑުން ހިންގި ކުރިމަތިލުންތަކުގައި ވަނީ ވޯޓާ ކެނެން ބޭނުންކުރުމާއި ކޮލިޝަން އަދި ރޭމިން ޓެކްޓިކްސް ބޭނުންކުރުމާއި، މިލިޓަރީ ގްރޭޑްގެ ލޭޒާއެއް ބޭނުންކުރުން އިތުރުކޮށްފައި ކަމަށް މެނީލާ އިން ބުނެއެވެ. ޗައިނާގެ މަސްބޯޓުތަކުގެ އާމަޑާއަކީ ފިލިޕީންސާއި އެ ގައުމުގެ ބައިވެރިން ދެކޭ ގޮތުގައި ކަނޑުގެ ލަޝްކަރެކެވެ.
ފިލިޕީންސުން މަސައްކަތް ކުރީ ދެކުނު ޗައިނާ ކަނޑުގެ ހުޅަނގު ޕަލަވަން ސަރަހައްދުގައި ހަދާފައިވާ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފަށް އެ މީހުންގެ ހައްގު ރަޖިސްޓްރީ ކުރުމަށެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ފާސްކުރެއްވި މި ހުށަހެޅުމަކީ ހުޅަނގު ފިލިޕީންސް ކަނޑުގެ ކޮންޓިނެންޓަލް ޝެލްފްގެ ޓެކްނިކަލް އަދި ސައިންޓިފިކް ދިރާސާއެއްގެ ދަށުން ކުރިއަށް ގެންދާ ހުށަހެޅުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.