ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބިން ހިއްކާ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބިން ހިއްކާ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އަންގައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެ ސަރަހައްދު ހިމެނޭ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ދިން މުއްދަތަކީ އަންނަ އަންގާރަ ދުވަހުގެ ދަންވަރު ބާރަ ޖަހާއިރެވެ.
އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އޮތުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މަނާ ސަރަހައްދު ވަކިވާ ހިސާބުން ރަތް ކުލައިގެ ސިލްޓް ސްކްރީނެއް ވެސް އަޅާފަ އެވެ. މަނާ ވަނީ އެ ސިލްޓް ސްކްރީނުގެ އުތުރަށްވާ ސަރަހައްދުގައި އުޅަނދު ބެހެއްޓުމެވެ.