ޚަބަރު

މަޖިލިސް އިންތިހާބަށް ކުށްވެރިން ދޫކޮށްލި ކަމަށް ތުހުމަތުކޮށް، އަދަދު ބުނަން ގޮވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖަލުން ދޫކޮށްލި ކުށްވެރިންގެ އަދަދު ބުނަން ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުމާއި ބިރު ދެއްކުން ފަދަ ކުށްތައް އިތުރުވަމުން އަންނަ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެހެންވީ އެއްވެސް އުސޫލެއް ނެތި މީގެ 10 މަސް ކުރިން ޖަލުން ކުށްވެރިންތަކެއް ދޫކޮށްލުމުން ކަމަށެވެ.

އެއީ ކުރީގެ ސަރުކާރުގައި ދޫކޮށްލި ކުށްވެރިންގެ ވާހަކަ އެވެ. ޝިފާން މިއަދު ވިދާޅުވި ގޮތުގައި 434 ކުށްވެރިން އޭރު ވަނީ ދޫކޮށްލައިފަ އެވެ.

އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ސަރުކާރު އައި ފަހުން ދޫކޮށްލި އަދަދު ވެސް ހާމަ ކުރަން ޖެހޭނެ ކަމަށެވެ.

"ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާ ގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ، އައު ސަރުކާރު އައުމުންނާއި މަޖަލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލަން،" މާރިޔާގެ ޓްވީޓު ޕޯސްޓުގައިވެ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ވައްކަމުގެ 1680 މައްސަލަ ހުށަހަޅާފައިވާއިރު ފޭރުމުގެ 235 މައްސަލަ ހުށަހަޅާފައިވެ އެވެ.

ވައްކަމުގެ މައްސަލަތައް ހައްލުކުރަން ކުރަމުންދާ އިވެސްޓްމެންޓްތަކުގެ ބަދަލު ނުލިބޭ ކަމަށާއި, ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި ކުރިން އެއްވެސް ރޭވުމެއް ނެތި ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވެސް އެ މައްސަލަ ހައްލުކުރަން ގޮންޖެހުން ކުރިމަތިވެފައިވާ ކަމަށް ޝިފާން މިއަދު ވިދާޅުވި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!