ދުނިޔެ

އިންޑިއާގެ ސީ ފުޑް ބޮޑުތަނުން އިތުރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023-24 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ސީފުޑް އެކްސްޕޯޓްކުރި މިންވަރު އެންމެ މައްޗަށް ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއިން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން 2023-24 ވަނަ އަހަރު އިންޑިއާއިން 60،523.89 ކްރޯޑް ރުޕީސް (7.38 ބިލިއަން ޑޮލަރު) ގެ އަގުހުރި 17،81،602 މެޓްރިކް ޓަނުގެ ސީފުޑް ފޮނުވާފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެކްސްޕޯޓް މާކެޓުގައި ތަފާތު ގޮންޖެހުންތަކާއެކުވެސް އެ ގައުމުން ވަނީ އެކަން ހާސިލްކޮށްފަ އެވެ.

އެކްސްޕޯޓްކުރާ ބޮޑެތި ބާވަތްތަކަށް ބަލާއިރު، ފްރޯޒެން ޝްރިމްޕް، މިންވަރާއި އަގުގެ ގޮތުން ކުރީގައި އޮތްއިރު، އެމެރިކާ އާއި ޗައިނާ އަކީ އިންޑިއާގެ ސީފުޑް އެންމެ ގިނައިން އެތެރެކުރާ ގައުމެވެ.

އަދި 2023-24 ވަނަ އަހަރު އެކްސްޕޯޓް ކުރި މިންވަރު ވަނީ 2.67 އިންސައްތަ އިތުރުވެފައެވެ. 2022-23 ވަނަ އަހަރު އިންޑިއާއިން ވަނީ 63،969.14 ކްރޯޑް ރުޕީސް (8،094.31 މިލިއަން ޑޮލަރު) ގެ އަގުހުރި 17،35،286 މެޓްރިކް ޓަނުގެ ސީފުޑް އެކްސްޕޯޓްކޮށްފަ އެވެ.

މެރިން ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްޕީއީޑީއޭ) ގެ ޗެއާމަން ޑީވީ ސްވާމީ އައިއޭއެސް ވިދާޅުވީ އެމެރިކާ، އީޔޫ އަދި އިނގިރޭސިވިލާތް ފަދަ ބޮޑެތި އެކްސްޕޯޓް މާކެޓްތަކުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް 7.38 ބިލިއަން ޑޮލަރުގެ 17،81،602 މެޓްރިކް ޓަނުގެ ސީފުޑް ޝިޕިންކޮށްގެން އިންޑިއާއިން އެންމެ މަތީ އަދަދަކަށް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ.

އިންޑިއާއިން ފްރޯޒެން ޝްރިމްޕް އެކްސްޕޯޓްކުރި 40،013.54 ކްރޯޑް ރުޕީސް (4881.27 މިލިއަން ޑޮލަރު) ލިބިފައިވާއިރު، މިއީ ޖުމްލަ އެކްސްޕޯޓް އަދަދުގެ 40.19 ޕަސެންޓް އަދި ޖުމްލަ އާމްދަނީގެ 66.12 ޕަސެންޓެވެ.

2023-24 ވަނަ އަހަރު ފިނިކުރި ޝްރިމްޕް އެކްސްޕޯޓް ކުރި މިންވަރު 0.69 އިންސައްތަ އިތުރުވެ، 716،004 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އެމެރިކާއަކީ 297،571 މެޓްރިކް ޓަނުގެ އެންމެ ބޮޑު މާކެޓު، ޗައިނާ (148،483 މެޓްރިކް ޓަނު)، ޔޫރަޕިއަން ޔޫނިއަން (89،697 މެޓްރިކް ޓަނު)، ދެކުނު އިރުމަތީ އޭޝިއާ (52،254 މެޓްރިކް ޓަނު)، ޖަޕާން (35،906 މެޓްރިކް ޓަނު) އަދި މެދުއިރުމަތީ (28،571 މެޓްރިކް ޓަނު) އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!