ވިނަރެސް ފްލެޓަށް އެޕްލައިކުރަން ހުޅުވާލީ ކަމަށް ބުނެ ސްކޭމް ލިންކެއް ދައުރުކުރަނީ

ވިނަރެސް ފްލެޓްތަކަށް ކޮންމެ މީހަކަށް ވެސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ
"ސްކޭމް" ލިންކެއް މެސެޖު ކުރަމުން ދާތީ ސަމާލު ވުމަށް، ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ އެޗްޑީސީން އެ ފުރުސަތު ހުޅުވާލި ކަން ބުނުމަށް ފަހު އެ މެސެޖުގައި އޮންނަނީ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށް ބުނެ ލިންކެއް ހިމަނާފައިވާ ކަމަށެވެ.
"ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ. އިތުރު މައުލޫމާތު އަޅުގަނޑުމެންގެ މި ވެބްސައިޓުން ލިބެން ހުންނާނެ އެވެ." ސްކޭމް މެސެޖުގައި އޮންނަނީ މިހެނެވެ.
އެއީ ސައްހަ މެސެޖެއް ނޫން ކަން ފުލުހުން ޔަގީން ކޮށްދެ އެވެ.