ޚަބަރު

ފިޔޯރީން ގެއްލުނު ކުޑަކުއްޖާ ފެނިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގދ. ފިޔޯރީ މަތިން ނަގާފައި - ފޮޓޯ: ފިޔޯރީ ކައުންސިލް

ގދ. ފިޔޯރީން ގެއްލުނު އަށް އަހަރުގެ ކުޑަ ކުއްޖާ މިހާރު ފެނިފައިވާ ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

Ads by STELCO

ގެއްލިގެން ހޯދަމުން ދިޔައީ ފިޔޯރީ، ފިނިވިލާގެ، މަރިޔަމް މީނާލް އެވެ.

މިރޭ ވަގުތެއްގައި ކުއްޖާ ފެނުނު އިރު ހީކަރުވައި ވަރު ދެރަވެފައި ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މީނާލް ފެނުނީ ކޮން ތާކުން، ކޮން ބަޔަކަށް ކަމެއް އަދި ސާފެއް ނޫނެވެ.

އެ ކުއްޖާ ގެއްލުމުގެ ކުރިން، އެންމެ ފަހުން ފެނުނީ ހަވީރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!