ލައިފްސްޓައިލް

ދަންވަރު ހޭލެވިގެން ދެން ނުނިދޭތަ؟ މިއޮތީ ތިކަމަށް ހައްލެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން ހަމަ ވަރަށް ގިނަ މީހުންނަކީ ދަންވަރު ގަޑީގައި ހޭލާއުޅޭ މީހުންނެވެ. ނުވަތަ އަވަހަށް ނިދި ކަމުގައި ވިޔަސް ދަންވަރު ހޭލެވިއްޖިއްޔާ އަލުން ދެން ފަސޭހައިން ނުނިދޭ މީހުންނެވެ. ހެނދުނު އަވަހަށް ތެދުވަން ޖެހޭތީ، މިވެނި އިރަކު ނިދައިފިއްޔާ އެހާއިރުވާއިރު މިވެނި ވަރަކަށް ހުންނާނީ ނިދި ލިބިފައޭ ބުނި ކަމުގައި ވިޔަސް، ފަތިސް ވާއިރު ވެސް މިފަދަ މީހުންނަށް ނުނިދެއެވެ. އެއީ ކީއްވެ ކަމެއްވެސް ގިނަ ފަހަރަށް ނޭނގެއެވެ. ނަމަވެސް މިކަމަށް ހައްލެއް މިވަނީ ހޯދިފައެވެ.

Ads by Sosun Fihaara

އިންސޮމްނިއާ ސްޕެޝަލިސްޓް ޑރ. ވެންޑީ ޓްރޮކްސެލް ބުނެފައިވަނީ ރޭގަނޑު ގަޑީގައި އަަވަހަށް ނިދަން ބޭނުން ކަމުގައިވާ ނަމަ އެންމެ ފުރަތަމަ ޖެހޭނީ ތިމާގެ ސިކުނޑި އެކަމަށް ޓްރެއިން ކުރަން ކަމަށެވެ.

"ސިކުނޑިއަށް ވިސްނައިދޭން އެބަޖެހޭ އެނދަކީ ނިދާ އަރާމުކުރަން ހުރި އެއްޗެއްކަން. އެއީ ވިސްނާ ފިކުރުކުރަން އޮންނަ ތަކެއް ނޫންކަން" ބަރޑީ މެގަޒިންއަށް ދިން އިންޓަރވިއު އެއްގައި ޑރ. ވެންޑީ ބުނެފައިވެއެވެ.

ޑރ. ވެންޑީ ބުނެފައި ވަނީ އެނދުގައި އޮވެ ނިދަންވީ އޭ ހިތަށް އެރުވި ވަރަކަށް ފަސޭހައިން ނުނިދޭނީ ކަމަށެވެ. އެހެންކަމުން އެންމެ މޮޅު ގޮތަކީ، ނުނިދިފައި އޮންނަނަމަ އެނދުން ތެދުވެ ތަންކޮޅެއް އަލިމަޑު ލައިޓެއްގެ ދަށުގައި ފޮތެއް ކަހަލަ އެއްޗެއް ކިޔާލުން ކަމަށް އޭނާ ބުންޏެވެ. ސިކުނޑި ބިޒީކޮށް ބެހެއްޓުމުން ފަސޭހައިން ނިދޭނެއެވެ. މީގެ އިތުރުން ޑރ. ވެންޑީ ބުނެފައި ވަނީ މިފަދައިން ދަންވަރު ހޭލެވިގެން ނުނިދިފައި އޮންނަ ވަގުތު ފޯނާއި، ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ ތަކެއްޗަށް ނުބެލުމަށާއި، އެތަކެއްޗާއި ކުޅެން ނުވަތަ އޭގެން އެއްޗެއް ބަލަން އޮވެއްޖެނަމަ ސިކުނޑިއަށް އިތުރަށް ގެއްލުންވާނެ ކަމެށެވެ. އެތަކެތި ބޭނުން ކުރަން އޮއްވާ ނިދުނު ކަމުގައި ވިޔަސް، ހޭލެވޭއިރު ބޮލުގައި ވަރަށް ގަދަޔަށް ރިއްސުމުގެ ޗާންސް ބޮޑު ކަމަށްވެސް ޑރ. ވެންޑީ ބުނެފައިވެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ، މީހާގެ ސިކުނޑިއަށް އިތުރު ސްޓްރެސް އެއް ނުލިބޭނެފަދަ ކަންތައް އެގަޑީގައި ކުރުން ކަމަށް އޭނާ ލަފާދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!