ދުނިޔެ

އީޔޫއާއެކު "ވިޔަފާރީގެ ހަނގުރާމައެއް" ހިނގައިދާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓަރު ޗައިނާގެ ވެރިރަށަށް ވަޑައިގެންނެވީ އިލެކްޓްރިކް ވެހިކަލް އެތެރެކުރުމާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ހޫނުވެ ވިޔަފާރީގެ ހަނގުރާމައެއް އުފެދިދާނެ ކަމުގެ އިންޒާރު ބެއިޖިން އިން ދީފި އެވެ.

Ads by WAMCO

ރޮބަޓް ހެބެކް ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅަކީ ޔޫރަޕުގެ އިސް އޮފިޝަލަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެކަމުގެ ސަބަބުން ޗައިނާގެ ހަރުކަށި ފިޔަވަޅުތަކާއި ޗައިނާގެ ލީޑަރުންގެ ހަރުކަށި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ޖަރުމަނުވިލާތުގެ ތިން ފަރާތުގެ ކޯލިޝަންގެ ޖޫނިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އިކޮލޮޖިސްޓް ގްރީންސް ޕާޓީއަށް ނިސްބަތްވާ ހަބެކް ވަނީ ބާލިންގެ 11 މަސް ދުވަސްވީ ޗައިނާ ސްޓްރެޓެޖީ ޑޮކިއުމަންޓަކީ އީޔޫގެ އެހެން ގައުމުތަކުގެ ޗައިނާ ސްޓްރެޓެޖީތަކާ އެއްގޮތް ނުވާ ވަރަށް ކުރު މުއްދަތެއްގެ ލިޔުމެއް ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ.

މި ހަފުތާގައި އެކަނިވެސް ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ވަނީ އިމްޕޯޓްކުރާ ޔޫރަޕްގެ ޕެޓްރޯލުން ދުއްވާ ކާރުތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ބެއިޖިންއަށް ގޮވާލާފައެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީގެ ތަރުޖަމާނަށް ނިސްބަތްކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕްގެ ފަރާތުން ވިޔަފާރީގެ ހަމަނުޖެހުންތައް އިތުރަށް ހޫނުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން "ވިޔަފާރީގެ ހަނގުރާމައެއް" އުފެދިދާނެ ކަމަށެވެ. އެކަމުގެ ޒިންމާ މުޅިން އޮތީ ޔޫރަޕްގެ ފަރާތްތަކަށެވެ.

އަދި ޔޫރަޕްގެ ފަރާތުން ޗައިނާގެ ވިޔަފާރިތަކަށް ބިރުދައްކައި މަޖުބޫރުކޮށް، އަދަބު ބޮޑު ޓެރިފް ރޭޓްތައް ތަންފީޒުކުރާނެ ކަމުގެ އިންޒާރު ދީ، މާ ފުޅާ މައުލޫމާތަކަށް އެދިފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!