ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވަނީ ޑީސަލްގެ އަގު ލީޓަރަކުން 1.68 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ ހެޔޮ ކޮށްފައެވެ. މި ބަދަލާއެކު އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއް ވިއްކާނީ 8.71 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިކާނީ 8.07 ރުފިޔާއަށެވެ.

މިބަދަލު ގެނެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ވަނީ މި މަހުގެ 13 ވަނަ ދުވަހުވެސް ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެކުންފުނިން ހެޔޮކުރި 5 ވަނަ ފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!