ކޮވިޑް-19 އަށް ފައްސިވި އިތުރު މީހަކު ރަނގަޅު ވެއްޖެ
ކޮވިޑް-19 އަށް ފައްސިވި އިތުރު މީހަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ބަލި ރަނގަޅުވީ ކުރެއްދޫ ރިސޯޓުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހެއް ކަމަށެވެ.
މުރާދު ވިދާޅުވީ އޭމީހާގެ ފުރަތަމަ ޓެސް މިމަހުގެ 18ވަނަ ދުވަހު ހެދުމަށްފަހު އިތުރަށް ޔަގީންކުރުމަށްޓަކައި 20ވަނަ ދުވަހު ހެދުނު ދެވަނަ ޓެސްޓުންވެސް ނެގެޓިވް ވުމަށް ބަލިން ރަނގަޅުވެފައިވާކަމަށް ނިންމާފައިވާކަމަށެވެ.
ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވިމަށް ޑަބްލިއުއެޗްއޯއިން ބަލާ މިންގަޑަކީ ދެ ޓެސްޓްކުރުމަށްފަހުގައިކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. އަދި މިމީހާވެސް ކުރިއަށް 30 ދުވަހު ކަރަންޓީން ކުރެވޭނެކަމަށެވެ.
މިހާތަނަށް މިއާއިއެކު ރާއްޖެއިން ކޯވިޑް ޖެހުނު ތިން މީހަކުވަނީ ރަނގަޅުވެފައެވެ.