ޚަބަރު

ބަކާ, އަލީ ޒާހިރަށް ފޮނުވި އެންމެ ފަހު މެސެޖް; ކިޔާލަން ރަނގަޅު ދުޢާ ފޮތެއް ފޮނުވާލަދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު އާރިފް (ބަކާ)ގެ މަރުގެ ޚަބަރާއެކު ގިނަ ބައެއްގެ ތަޢުޒިޔާ އޭނާއަށް ދަނީ ފޮނުވަމުންނެވެ. އެކުގައި އުޅުނު ދުވަސްތަކުގައި ނެގި ފޮޓޯތަކާއި އިޙްތިރާމްގެ ގިނަ މެސެޖްތަކެއް މީސްމީޑިއާއަށް އެކި ފަރާތްތަކުން އެބަ ދޫކުރެއެވެ.

Ads by Sosun Fihaara

އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ޕޯސްޓަކީ ޝެއިޚް އަލީ ޒާހިރު ކުރެއްވި ޕޯސްޓެވެ. ބަކާއާއި އޭނައާ ދެމެދު ކުރެވުނު އެންމެ ފަހުގެ މުއާމަލާތް ވަރަށް ކުރުކޮށް ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓްގައި ވިދާޅުުވިއެވެ.

އަލީ ޒާހިރު ލިޔުއްވި ގޮތުގައި ބަކާ އެންމެ ފަހުން އޭނައަށް ގުޅީ ޙައްޖުގެ އަޅުކަމުގައި ހުރެއެވެ.

ގުޅުއްވާފައި ވިދާޅުވީ, ދުޢާ ފޮތެއް ފޮނުވައި ދެއްވުމަށެވެ. އެއީ މައްކާ އަދި މަދީނާގެ މާތް ބިމުގައި ހުރެ ކުރެވިދާނެ ރަނގަޅު ދުޢާ ފޮތެއް ހޯދަން ބަކާ ކުރި މެސެޖެކެވެ. އަލީ ޒާހިރު ލިޔުއްވި ގޮތުގައި 100 ދުޢާ ހިމެނޭ ޕީޑީއެފް ފޮތެއް ބަކާއަށް އޭނާ ހަދިޔާ ކުރެއްވިއެވެ.

ބަކާއަކީ ދީނީ ކަންކަމަށް ފަރުވާތެރި މީހެއް ކަމަށާއި ބަރާބަރަށް ނަމާދުކޮށް, އެންމެންނާ ގުޅޭ ރަނގަޅު ރަޙްމަތްތެރިއެއް ކަމަށް އަލީ ޒާހިރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ބަކާ ފުރިހަމަ ކުރެއްވީ ސައުދީގެ އެންބަސީން ދޭ, ރަސްގެފާނުގެ ޚާއްސަ ކޯޓާއެއްގެ ދަށުންނެވެ.

ޙައްޖުގެ އަޅުކަމުން އެނބުރި ރާއްޖެއަށް އައިތަނުން ދިމާވި ބަލިމަޑުކަމެއްގައި, ބަކާ ނިޔާވީ މިއަދުގެ ހަވީރު ވަގުތެއްގައި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ނިޔާވީ މެޖެންޖައިޓިސް ބަލި ޖެހިގެނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!