ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް، މިއަދު ވެސް 50 މީހުން ހޯދި

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ތަންތަން ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
މާލޭގެ މަޖީދީ މަގުގައި ހުންނަ ހާފް ޕްރައިސް ތަރުކާރީ ފިހާރައަށް ފުލުހުން ރެއިޑުކޮށް ބަލައިފާސްކުރާ މަންޒަރު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން ދިޔަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ވީޑިއޯއަކީ ވެސް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބީދޭސީން ހޯދަން ތަންތަން ބަލައިފާސްކުރަން ފުލުހުން ހިންގާ އޮޕަރޭޝަނުގެ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އެކަނި ވެސް އެފަދަ 50 ބިދޭސީން ހޯދައި، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތެއް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.
މި އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެފައިވެ އެވެ.
މިމަހު 50 މީހުން ހޯދާފައި ހެދީ ކިހިނެއްބާ؟