ދުނިޔެ

ވާލަކާއި ވައްތަރު ބުޅަލަކަށް ބޮޑު ސަމާލުކަމެއް

ދެން އެމްވީ ، ދެން އޮންލައިން

އުފެދުމުގައި ވެސް ވާލަކާއި ވައްތަރުކޮށް އިންނަ ބުޅަލަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. ލަޫސީ ނަމަކަށް ކިޔާ މި ބުޅަލަށް ވަނީ އިންސްޓަގްރާމްގައި އެތައް ހާސް ފޮލޮވާސް ލިބިފައެވެ.

Ads by WAMCO

ލޫސީއަކީ ސްފިންކްސް ނުވަތަ ގައިގައި ކެހެރި ނުހުންނަ އާއިލާގެ ބުޅަލެކެވެ. ލޫސީއަށް ޖެހިފައި ހުންނަ ބައްޔެއްގެ ސަބަބުން އޭތީގެ ބޯ ބޮޑުވެފައި ހަށިގަނޑު ހިމަކަމުންނާއި ކަޅުކަންގަދަ ހަންގަނޑުގެ ސަބަބުން ގިނަ ބަޔަކު ބުނަނީ ލޫސީ ވައްތަރީ ވާލަކާއި ކަމަށެވެ. މިސިފަތަކަށް ޓަކައި ގިނަ ބައެއްގެ ލޯބި ލޫސީއަށް ދަނީ ލިބެމުންނެވެ.

ލޫސީ ގެ ވެރިފަރާތްކަމަށް ވާ 44 އަހަރުގެ ޒިލާ ބާގިމިނީ ބުނި ގޮތުގައި ލޫސި އުފަންވުމުގައި ވެސް ހައިޑްރަސިފަލުސް ކިޔާ ބައްޔެއް ހުންނަކަމަށެވެ. އޭގެ ސަބަބުން ލޫސީ ކުޑައިރު ވަރަށް ބަލިކޮށް އުޅުނުކަމަށާއި އޭތީގެ ހަށިގަނޑު ކުޑަކޮށް ހުންނަނީ އެހެންވެ ކަމުގައެވެ. ހައިޑްރަސިފަލުސް އަކީ ސްޕައިނަލް ފްލޫއިޑް ހަށިގަނޑަށް އެބްސޯބް ނުވުމުގެ ސަބަބުން ސިކުނޑިއަށް ޖަމާވުމަށް ކިޔެއުޅޭ ބައްޔެކެވެ.


އިންސްޓާގްރާމްގައި ލޫސީއަށް ފޮލޯ ކުރާ މީހުންގެ އަދަދު 22،200 އަރާފައިވާއިރު ލޫސީއަށް ފޮލޯ ކުރާ ގިނަ ބަޔަކު ބުނަނީ ލޫސީ ވަރަށް ލޯބިކަމަށެވެ. ' މި ބުޅަލުން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދޭ' ލޫސީއަށް ފޮލޯ ކުރާ އެހެން މީހަކު ލޫސީގެ ފޮޓޯއަަކަށް ކޮމެންޓުކޮށް ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!