އަޅު މަސައްކަތް ކުރުވި ކަމަށް ޗައިނާގެ މައްޗަށް އުއިގުރޫން މޮޅު ހޯދައިފި
ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އަޅުންގެ މަސައްކަތްތެރިން އުފައްދާ ކަމަށް ބުނާ ކަރާ އެތެރެކުރި މައްސަލަ އިގެ ތަހުގީގެއް ފަށަންތޯ އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަލުން ވިސްނަން ޖެހޭ ކަމަށް ލަންޑަންގެ ކޯޓަކުން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީ (އެންސީއޭ) އިން ޖިނާއީ ތަހުގީގެއް ފަށަން ދެކޮޅު ހެދުމުން، އެގައުމުން ބޭރުކޮށްލާފައިވާ އުއިގޫރު ޖަމާއަތްތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ވޯލްޑް އުއިގޫރު ކޮންގްރެސް އިން ވަނީ އެ ޖަމިއްޔާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އެމެރިކާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން އުއިގޫރުންނާއި އެހެނިހެން މުސްލިމް މައިނޯރިޓީތަކަށް ބޮޑެތި އަނިޔާތައް ދެމުން ދަނީ ޗައިނާއިން އުފައްދާ ޝިންޖިއާންގެ ހުޅަނގު ސަރަހައްދުންނެވެ.
ބެއިޖިންއިން އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި، ވޮޝިންޓަންގައި ހުންނަ އެ ގައުމުގެ އެމްބަސީން މީގެ ކުރިން ވަނީ މަޖުބޫރު ކޮށްގެން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކަކީ ޗައިނާގެ ވިޔަފާރިތައް ހުއްޓުވަން އެމެރިކާގެ ފަރާތުން ހަދާފައިވާ ދޮގެއް ނޫން ކަމަށް ސިފަކޮށްފަ އެވެ.
ލަންޑަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ ޝިންޖިއާންގައި "މަޖުބޫރު ކޮށްގެން މަސައްކަތް ކުރި" ކަމުގެ ތުހުމަތަކީ ޗައިނާއާ ދެކޮޅު ފަރާތްތަކުން ޗައިނާއަށް މަލާމާތް ކުރުމަށް ފަތުރަމުންދާ ބޮޑު ދޮގެއް ނޫން ކަމެއް ނޫން ކަން ޗައިނާ ސަރުކާރުން ވަރަށް ސާފުކޮށް ހާމަކޮށްފައިވާ ކަމަށެވެ.
ވޯލްޑް އުއިގޫރު ކޮންގްރެސްއިން ގާނޫނީ ފިޔަވަޅު އެޅުމުގައި ބުނެފައިވަނީ ޝިންޖިއާންގެ ކަރާއަކީ "ޖިނާއީ މުދަލެއް" ތޯ ބެލުމުގައި އެންސީއޭ އިން ފެއިލްވީ ގޯސްކޮށް ކަމަށެވެ.