ކޮވިޑް-19: ނޭޕާލްގައި ކިޔަވާ 35 ދަރިވަރަކު ރާއްޖެ ގެންނަނީ
ނޭޕާލްގައި ތިބި ދިވެހި ދަރުވަރުންގެ ތެރެއިން ޞިއްޚީ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ 35 ދަރުވަރަކު ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިންގެ އެހީތެރިވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މިއަދު އެދިވަޑައިގެންފައިވާކަމަށެވެ.
ހެލްތު މިނިސްޓަރުގެ އެދިވަޑައިގަތުމާއެކު މިހާތަނަށް ބޭރުގެ އެކި ޤައުމުތަކުގައިތިބި 100 ދަރިވަރަކު ރާއްޖެއަށް އައުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ ތެރެއިން ނޭޕާލްގައި ޞިއްޚީ ދާއިއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ރާއްޖެއްޖެއަށް ގެނައުމަށް ޓިކެޓްނަގައި އެމީހުން ރައްޖެއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެޤައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރު 67 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަަސއްކަތް މިހާރު ކުރަމުންދާކަމަށާ، އެކުދިންގެ ޓިކެޓް އިޝޫކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ނޭޕާލްގައި ތިބި ދިވެހި ދަރިވަރުގެ ތެރެއިން ފުރަތަމަ އަންނަ 35 ކުދިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިރޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.