ބްލޫ އޮރިޖިން ސްޕޭސް ފްލައިޓްގެ ޕާޓްނަރު ގައުމަކަށް ސެރާ އިން އިންޑިއާ ހަމަޖައްސައިފި
އެމެރިކާގެ ސްޕޭސް އެކްސްޕްލޯރޭޝަން އެންޑް ރިސާޗް އެޖެންސީ (ސެރާ) އިން ކުރިއަށް ގެންދާ ހިއުމަން ސްޕޭސްފްލައިޓް ޕްރޮގްރާމުގައި އިންޑިއާ އަކީ ޕާޓްނަރު ގައުމެއްގެ ގޮތުގައި އިއުލާނުކޮށްފައިވާއިރު، މި ޕްރޮގްރާމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަ ސިޓިޒަން އެސްޓްރޮނޯޓުން ޖައްވަށް ޖައްވަށް ފޮނުވާނެ އެވެ.
ބްލޫ އޮރިޖިންއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޖައްވަށް "މަދު ނުވަތަ އެސްޓްރޮނޯޓުން މަދު" ފޮނުވާފައިވާ ގައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ އެޖެންސީން ބުންޏެވެ.
ހޮވޭ ރައްޔިތުން 11 މިނެޓުގެ ދަތުރެއް ކުރާނީ ބްލޫ އޮރިޖިންގެ ރީޔޫސަބަލް ސަބްއޯބިޓަލް ރޮކެޓް ކަމަށްވާ ނިއު ޝެޕާޑްގައި ވެސްޓް ޓެކްސަސްގައި ހުންނަ އެ ކުންފުނީގެ ލޯންޗް ސައިޓުގައި ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު އެވެ.
ސެރާގެ ކޯ ފައުންޑާ ޖޯޝުއާ ސްކުރްލާ ވިދާޅުވީ އެންމެންނަށް ވެސް ޖާގަ ލިބޭނެ ގޮތް ހަދަން ބޭނުންވާ ކަމަށާއި ޖައްވީ ދަތުރުގެ އަޖައިބެއް ތަޖުރިބާ ކުރަން ބޭނުންވާ އިންޑިއާގެ ރައްޔިތަކަށް މި ހާއްސަ ފުރުސަތެއް ލިބުމަކީ އުފާކުރާ ކަމެއް ކަމަށެވެ.
މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން ވެރިފިކޭޝަން ޗެކް ކަވަރު ކުރުމަށް 2.50 ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި ބައެއް ފިޒިކަލް ޝަރުތުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ސެރާ އިން ބުންޏެވެ.
ފައިނަލް ކެނޑިޑޭޓް ހޮވާނީ އާންމުންގެ ވޯޓަކުންނެވެ.
ސެރާގެ ކޯ ފައުންޑަރ ސޭމް ހަޗިސަން ވިދާޅުވި ގޮތުގައި މި ވިސްނުމުގެ ސަބަބުން ޖައްވުއާ ބެހޭ ގައުމީ ވާހަކަތައް އުޖާލާވެ، ޖައްވީ ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުވެގެންދާނެ އެވެ.
ފާއިތުވި މަސްތަކުގައި އިންޑިއާއިން ވަނީ ޖައްވީ ދާއިރާގައި މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހަނދުގެ ނުފެންނަ ސައުތު ޕޯލްއަށް ޖެއްސުމެވެ.
އަދި ސެޕްޓެމްބަރު މަހު ފުރަތަމަ ސޯލާ މިޝަން ލޯންޗްކޮށް، އެލޮން މަސްކްއިސްވެ ހުންނަވާ ސްޕޭސްއެކްސްއާ ގުޅިގެން މުވާސަލާތީ ސެޓެލައިޓެއް ލޯންޗް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިދިޔަ މަހު ވަރަށް މަދުން ނޫނީ ނުފެންނަ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންދަވަނީ ޖައްވީ ދާއިރާ ޕްރައިވެޓައިޒްކޮށް ވިޔަފާރީގެ ދާއިރާ އަށް އިސްކަން ދެއްވައި، އިންޑިއާ އާއި އެމެރިކާގެ ބާރު ގަދަ ދުނިޔޭގެ މައިދާނުގައި ބޮޑު ދައުރެއް އަދާކުރުމަށް ބާރު އަޅުއްވަމުންނެވެ.