ޚަބަރު

119 ކިލޯ ޑްރަގް މައްސަލާގައި ދައުވާ ސާބިނުވި އެކަކުގެ މައްސަލަ ހައި ކޯޓަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
119 ކިލޯ ޑްރަގު މައްސަލާގައި ދައުވާކުރި މީހުން

މީގެ ތިން އަހަރެއްހާ ދުވަހު ކުރިން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅި ދެ މީހުންގެ ތެރެއިން އެކަކުގެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

Ads by Sosun Fihaara

މި މައްސަލާގައި ދައުވާ ކުރި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ކަމަށް ކަނޑައެޅީ ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ މައްޗަށެވެ. އޭނާ އުމުރަށް ޖަލަށް ލުމަށާއި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ މިދިޔަ މާޗު މަހު 20 ވަނަ ދުވަހު އެވެ.

ދެން ދައުވާ ކުރި މީހުންގެ ތެރެއިން ކުށް ސާބިތުނުވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ނިންމީ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހުމަދު ސުނައިނުގެ ބައެވެ.

ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ ބައި އިސްތިއުނާފު ނުކުރުމަށް ނިންމީ އެ ބައި އިސްތިއުނާފުކޮށްގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ 08 ޖުލައި 2024 އަށެވެ. އެ ތާރީހުގެ ކުރިން އިސްތިއުނާފު ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!