ދުނިޔެ

ޓްރޭޑް ރެސްޓްރިކްޝަން ލިސްޓަށް އެމެރިކާއިން ހަ ކުންފުންޏެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން އަންގާރަ ދުވަހު އެގައުމުގެ ޓްރޭޑް ރެސްޓްރިކްޝަން ލިސްޓަށް ހަ ކުންފުންޏެއް އިތުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ އަސްކަރީ ފައުޖުތަކުގެ ތަމްރީނުތަކާ ގުޅުން ހުރި ހަތަރު ކުންފުންޏެއް ހިމެނޭ ކަމަށް ސަރުކާރުގެ ޕޯސްޓިންއަކުން ދައްކައިފި އެވެ.

Ads by WAMCO

އޭގެ ތެރެއިން ދެ ކުންފުންޏެއް ޗައިނާގައި، ދެކުނު އެފްރިކާގެ އެއް ކުންފުނި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދެ ކުންފުންޏެއް އަދި އިނގިރޭސިވިލާތުގައި އެއް ކުންފުނި ހިމެނެ އެވެ.

ޗައިނާގެ ގްލޯބަލް ޓްރެއިނިން ސޮލިއުޝަންސް ލިމިޓެޑާއި ސްމާޓެކް ފިއުޗާ ލިމިޓެޑްގެ އިތުރުން އިނގިރޭސިވިލާތުގެ ގްރޭސް އެއާ (ޕީޓީވައި) ލިމިޓެޑާއި ލިވިންގްސްޓަން އެރޯސްޕޭސް ލިމިޓެޑް ގެ އިތުރުން ދެކުނު އެފްރިކާގެ ޓެސްޓް ފްލައިން އެކަޑަމީއާ އޮންނަ ގުޅުމާއި ހުޅަނގާއި ނޭޓޯގެ ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގެ އަސްކަރީ ފައުޖުތައް ތަމްރީނު ކުރުމުގެ ސަބަބުން އިތުރުކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ވެ އެވެ.

ދެކުނު އެފްރިކާގެ ޓެސްޓް ފްލައިން އެކަޑަމީ އެންޓިޓީ ލިސްޓުގައި ހިމެނުނީ ވެސްޓަން އެންޑް ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަންގެ ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގެ އަސްކަރީ ޕައިލެޓުން ތަމްރީނު ކުރުމަށެވެ.

ޔޫއޭއީގެ ކުންފުނިތައް ކަމަށްވާ މެގަ ފާސްޓް ކާގޯ އާއި މެގަ ޓެކްނިކް ޖެނެރަލް ޓްރޭޑިން ގޫގުލް އަށް އިތުރުކޮށްފައިވާއިރު، އެމެރިކާ އަށް ނިސްބަތްވާ މުދާ ރަޝިއާއަށް ފޮނުވުމަށް މެގަ ފާސްޓް ކާގޯ ވެސް ހިމަނާފައިވާ ކަމަށް އެ ޕޯސްޓުގައި ވެ އެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ބަލަހައްޓަމުން އަންނަ އެންޓިޓީ ލިސްޓުގައި ހިމެނޭ ކުންފުނިތަކަށް އެމެރިކާގެ މުދަލާއި ޓެކްނޮލޮޖީ ފޮނުވުމުގެ ލައިސަންސް ބޭނުންވާއިރު، އެ ކުންފުނިތަކަށް ލައިސަންސް ނުލިބުމުގެ ފުރުސަތު އެބައޮތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!