ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ނެގުމަށް އެދި އެ ކޯޕަރޭޝަަނަށް ގިނަ ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށެވެ.
އެ ގޮތަށް ބޭނުންވާ ފަރާތްތަކުން ސިޓީއެއް ނުވަތަ އެ ކޯޕަރޭޝަނުގެ މެއިލް އެޑްރެސްއަށް މެއިލް ކުރުމަށް އެދިފައިވެ އެވެ. މެއިލް އެޑްރެސްއަކީ [email protected] އެވެ.
ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، އަދި ތިލަފުށީގެ މާސްޓަ ޕްލޭނާއި ހެދިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، އޭގައިވާ ގޮތުގެ މަތިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.