ކަޅު ބާޒަރުގައި ޑޮލަރު ވިއްކަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން އަތުލައިގަތީ، މާލޭގެ ޑޮލަރު އޭޓީއެމް އެއް ކައިރިން އިއްޔެ ކަމަށެވެ.
އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހިންގި ސްޕެޝަލް ރެއިޑު އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރީ ދެ މީހެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުންނަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށެވެ.
އެ އިދާރާއިން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާތީ އެ މީހުން ތިބީ ޑީޕޯޓް ކުރެވެން ދެން ބަންދުގައި ކަމަށެވެ.
މިދިޔަ މާޗް މަހުވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު 6 ބިދޭސީއަކު ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފަ އެވެ.