ޚަބަރު

ކޮވިޑް-19އާ ގުޅިގެން ބައެއް ތަކެތީގެ އިމްޕޯޓް ޑިއުޓީ މާފު ކޮށްދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާއި ގުޅިގެން އެންމެ ޑިމާންޑު ބޮޑުވެފައިވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިންގ ފީތައް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް މާފުކޮށްދެއްވައިފިއެވެ.

Ads by STELCO

އެގޮތުން ޑިއުޓީ މާފުކޮށްދެއްވާފައިވަނީ ހޭންޑް ސެނިޓައިޒަރއާއި، މާސްކާއި، ފޭސް ޝިލްޑު، އަތް ދޮންނަ ސައިބޯނި ފުޅި، ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ބޭނުންކުރާ އަންގި އާއި ތަންތަން ސާފުކުރުމަށް ބޭނުންކުރާ "ޑިސްއިންފެކްޓަންޓުން" ނެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މިތަކެތީގެ ޑިއުޓީ މާފުކޮށްދެއްވާފައިވަނީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަށެވެ. އެހެންކަމުން މި މުއްދަތުގަައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މި ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމަވާފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަދި މުދާ އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓުކުރުމުގެ ޤަވާއިދުގެ ދަށުން ނެގޭ ޕްރޮސެސިންގ ފީވެސް މާފުކޮށްދެއްވާފައިވާކަމަށްވެސް ކަސްޓަމްސުން ހާމަކުރެއެވެ.

ރައީސް ވަނީ މީގެ ކުރިން ރާއްޖެއަށް އެތެރެކުރާ މާސްކާއި ސެނެޓައިޒަރުން އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!