މާލޭގައި ހަށިވިއްކާ ވިއެޓްނާމް ދެ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަންގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު ރޭ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ޓާސްކް ފޯސް އިން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނުގައި ހައްޔަރުކުރީ ވިއެޓްނާމް އަށް ނިސްބަތްވާ 2 އަންހެނަކު ކަމަށެވެ.
އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ދެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މި ފަހަކަށް އައިސް ހަށިވިއްކާ މައްސަލަތައް ރިޕޯޓްކުރެވޭ އަދަދު ދަނީ އިތުރުވަމުންނެވެ.