ޚަބަރު

ފުލުހުންގެ ލޯންޗެއްގައި ބަޔަކު ރޯކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 03:54 ހާއިރު ކަމަށާއި އެމްއެންޑީއެފްއާ މައުލޫމާތު ހިއްސާކޮށް ފުލުހުން ލޯންޗު ކައިރިއަށް ގޮސް ބެލިއިރު، ލޯންޗުގެ ވާގަނޑު އޮތީ ކަނޑާލާފައި ކަމަށެވެ.

އެހެންކަމުން މިއީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ރޯކޮށްލާފައި ވަނީ ޕޮލިސް ލޯންޗު 34ގަ އެވެ. އަދި ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ލޯންޗުގައި ރޯވި އަލިފާަންގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވިފައި ވަނީ ހާދިސާގެ ރިޕޯޓު ކުރިތާ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުން ފަތިހު 5:00 އެހާކަންހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!