މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ 6 ވަނަ އީއޭއެސް ކޮންފަރެންސް އިންޑިއާއިން ބާއްވައިފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ މުމްބާއީގައި ބާއްވާ 6 ވަނަ އީސްޓް އޭޝިއާ ސަމިޓް އޮން މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ ކޮންފަރެންސް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
އިންޑިއާ، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާ ގުޅިގެން އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) އާއި ނޭޝަނަލް މެރިޓައިމް ފައުންޑޭޝަން (އެންއެމްއެފް) ގުޅިގެން ބާއްވާ މި ކޮންފަރެންސްގެ މަގްސަދަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ގުޅުން ބަދަހިކުރުމެވެ.
ބުރާސްފަތި ދުވަހު ބޭއްވި މި ކޮންފަރެންސް ފައްޓަވައިދެއްވީ އީއޭއެސް ޕްލޭން އޮފް އެކްޝަން ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އިސް ދައުރެއް އަދާކުރެއްވުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. ސަރުކާރުގެ އޮފިޝަލުންގެ އިތުރުން އީއޭއެސްގައި ބައިވެރިވާ ގައުމުތަކުގެ މަޝްހޫރު ތިންކް ޓޭންކްތަކާއި އެކަޑެމިކް ދާއިރާގެ ތަޖުރިބާކާރުން ވަނީ މެރިޓައިމް ސެކިއުރިޓީ ހަރުދަނާކުރުމާ ގުޅޭ ގޮތުން ސިލްސިލާ ތީމެޓިކް ސެޝަންތަކެއް ބާއްވައިފަ އެވެ.
"މި ކޮންފަރެންސަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެއްބާރުލުން އިތުރުކޮށް، އީއޭއެސް ޕްލޭން އޮފް އެކްޝަން ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. ސަރުކާރުގެ އޮފިޝަލުންނާއި އީއޭއެސްގައި ބައިވެރިވާ ގައުމުތަކުގެ ތިންކް ޓޭންކްތަކާއި އެކެޑެމިއާގެ ތަޖުރިބާކާރުން މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ހަ ތީމެޓިކް ސެޝަނަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އެބަގެންދޭ،" އެމްއީއޭގެ ތަރުޖަމާނު ރަންދީރް ޖައިސައުލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
މި ހަރަކާތުގައި މެރިޓައިމް ޑޮމެއިން ހޭލުންތެރިކުރުވުމާއި ކެޕޭސިޓީ ބިލްޑިންގ އަދި ސަރަޙައްދީ ކަނޑުގެ އަސްކަރިއްޔާގެ މެދުގައި ޖޮއިންޓް އެކްސަސައިޒްތައް ހިންގުން ފަދަ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ރިޕަބްލިކް އޮފް އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ބައިނަލްއަގްވާމީ އެކި އެކި ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެ، ސަރަހައްދީ ސަލާމަތީ އާކިޓެކްޗާ ބައްޓަން ކުރުމުގައި ކޮންފަރެންސްގެ މުހިންމުކަން ދައްކުވައިދެ އެވެ.
މުމްބާއީއަކީ ކަނޑުމަތީގެ ތަރިކަ އާއި ސްޓްރެޓެޖިކް މުހިންމުކަމަށް މަޝްހޫރު ހޯސްޓް ސިޓީއަކަށް ވާއިރު، މި ކޮންފަރެންސްގެ ސަބަބުން އީއޭއެސްގެ މެމްބަރު ގައުމުތަކުގެ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މަގްސަދުގައި ބިނާކުރަނިވި މަޝްވަރާތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.