ޚަބަރު

ކޮވިޑް-19: މާލޭގައި ހިންގާ ގާޑިޔާތައް ވެސް ބަންދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ގާޑިޔާތައް ވެސް ބަންދުކުރަން އަންގައިފިއެވެ.

Ads by MWSC

މާލެސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާތީ، އެކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ގާޑިޔާތައް ވެސް ބަންދުވާނެ ކަމަށެވެ.

ރޭ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން މާލޭގެ ރެސްޓޯރަންޓްތަކުގައި ކާބޯޓަކެތީގެ ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ޚިދުމަތްދިނުން ހުއްދަވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް-19 ރާއްޖެއަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަމުންދާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން ގިނަ ކަންކަން މިހާރު ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.

އޭގެތެރޭގައި ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ރިސޯޓުތަކަށް އަރައި ފޭބުމާއި ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްތަކަށް އެރުންފަދަ ކަންކަން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!