ޚަބަރު

ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 10 ރިސޯޓެއްގައި 2288 އެނދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 10 ރިސޯޓަކުން 2288 އެނދު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ޖުމްލަ 1158 ކޮޓަރި ކަނޑައެޅިފައިވާ ކަމަށާއި އެއީ އެނދުގެ ނިސްބަތުން ބަލާއިރު 2288 އެނދު ކަމަށެވެ.

ކަރަންޓީން ފެސިލީޓީގެ ގޮތުގައި ދޫކޮށްފައިވާ 10 ރިސޯޓުގެ ތެރެއިން އެންމެފަހުން ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ފަށާފައިވާ ރިސޯޓުތަކަކީ ކުޑަބަނޑޮހާއި، ވިލާގެ ހޮލިޑޭ އައިލެންޑް ރިސޯޓާއި، ދިއްގިރި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ކަރަންޓީނު ފެސިލީޓީގެ ގޮތުގައި ބޭނުންކުރަމުންދާ އެއްވެސް ރިސޯޓަކަށް ދައުލަތުގެ ފަރާތުން ކުއްޔެއް ނެތް ކަމަށާއި މިއީ ރިސޯޓުތަކުން އިސްނަގައިގެން ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެމުންދާ ކަމެއް ކަމަށެވެ. ސަރުކާރުން ކުރާ ހަމައެކަނި ހަރަދަކީ އެ ތަންތަނުގައި ތިބޭ މީހުންގެ ކެއުމާއި، ބުއިމާއި، ކަރަންޓިނު ދިނުމާއި، ފެން ދިނުމާއި، މިކަހަލަ ކަންކަމަށް ހިނގާ ހަރަދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!