ޚަބަރު

ކޮވިޑް-19: ކުރީގެ ނައިބް ރައީސް ޖިހާދު ވެސް ކަރަންޓީނު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ކަރަންޓީން ކޮށްފި އެވެ.

Ads by Sosun Fihaara

ޖިހާދު ވަނީ މިކަން ރާއްޖޭގެ ބައެއް މީޑިއަތަކަށް ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި ޖިހާދު ކަރަންޓީނު ކޮށްފައި ވަނީ ތައިލެންޑުގައި ހުންނެވުމަށް ފަހު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުންނެވެ. އޭނާ ކަރަންޓީން ކޮށްފައި ހުރީ މަލަހިނި ކުޑަބަނޑޮހުގައި ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީގަ އެވެ.

އިއްޔެ އާއި ރޭ ރާއްޖެއިން ބޭރުން ރާއްޖެ އައި ގިނަ ބަޔަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނަށް ދާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!