ދުނިޔެ

އިންޑިއާއިން ރަޝިއާގެ ކާޑުގެ ބާވަތްތައް އިމްޕޯޓު ކުރި މިންވަރު އިތުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023/24 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ މޫސުމުގައި އިންޑިއާއިން ރަޝިއާގެ ކާނާ އާއި ގޮވާމުގެ ބާވަތްތައް އިމްޕޯޓްކުރި މިންވަރު 22 ގުނަ އިތުރުކުރި އެވެ.
ބްރިކްސްގެ ދެ މެންބަރުންނާއި ދަނޑުވެރިކަމުގެ ބޮޑެތި ބާރުތަކުގެ މެދުގައި އިގްތިސާދީ އެއްބާރުލުން މި ދަތުރުފުޅުގެ އެޖެންޑާގައި ވަރަށް ބޮޑެވެ.

Ads by WAMCO

މޯދީ ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަށް ޝުކުރު އަދާކުރައްވައި، އިންޑިއާގެ ދަނޑުވެރިންނަށް ހަމަޖެހިލައިގެން ސާމާނު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި އަހަރު ފެށުނުއިރު ރަޝިއާއިން ސަޕްލައި ކުރަމުން ދިޔައީ އިންޑިއާގެ ފާޓިލައިޒާ އިމްޕޯޓްގެ ތިންބައިކުޅަ އެއްބައެވެ.

"އަޅުގަނޑުމެންގެ އެކުވެރިކަމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނަށް ދިމާވި ދަތިތައް ހައްލުކުރެވުނީ. އެމީހުންގެ ހުރިހާ ބޭނުންތަކެއް އަޅުގަނޑުމެން ފުއްދައިދިނީ ފާޓިލައިޒަރ އަށް. މިއީ އަޅުގަނޑުމެންގެ އެކުވެރިކަމުގެ ހާއްސަ ދައުރެއް،" ކްރެމްލިންގައި ބޭއްވި ބައްދަލުވުމެއްގައި މޯދީ ޕުޓިންއަށް ވިދާޅުވި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ ރަޝިއާ އާއި އިންޑިއާ އާ ދެމެދު 2030 ވަނަ އަހަރުގެ ނިޔަލަށް 100 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އަމާޒެއް ކަނޑައަޅާފައިވާ ކަމަށެވެ.

މި މަޝްވަރާތަކަށްފަހު ރަޝިޔާ އާއި އިންޑިއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެޤައުމުގެ އަމާޒަކީ ދަނޑުވެރިކަމާއި ފާޓިލައިޒަރ ވިޔަފާރީގެ ވިޔަފާރީގެ ދާއިރާ އިތުރަށް ކުރިއެރުވުން ކަމަށާއި، މިހާރު ހުރި ފައިޓޯސެނިޓަރީ އަދި ވެޓެރިނަރީ ހުރަސްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ރަޝިއާގެ ދަނޑުވެރިކަމުގެ ވޮޗްޑޮގުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023/24 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ މޫސުމުގައި ރަޝިއާއިން 89.3 މިލިއަން ޓަނުގެ ކާނާ އާއި ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ އޭގެ ކުރީ ސީޒަނާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

އިންޑޮނޭޝިއާއަށް ވުރެ 22 ގުނަ އިތުރުވުމާއެކު އިންޑިއާ އޮތީ އަށް ގުނަ އިތުރުވެ ޓިއުނީޝިއާއަށް ވުރެ ކުރީގަ އެވެ. ރަޝިޔާގެ އެގްރިކަލްޗަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއަށް ހަތަރުވަނައަށް އެންމެ ގިނައިން ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރި ޤައުމަކީ ރަޝިޔާއެވެ.

ރޮއިޓާސްއަށް ވަކިން ދިން ކޮމެންޓެއްގައި ދަނޑުވެރިކަމާ ބެހޭ އިދާރާއިން ބުނީ 22 ގުނަ އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި 2023/24 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ މޫސުމުގައި ފެށުނު މިރުސް އެކްސްޕޯޓްކުރުމާއި ދަޅު އެކްސްޕޯޓް ކުރި މިންވަރު ތިން ގުނަ އިތުރުވުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!