ދުނިޔެ

ސައިބާ ޖަރީމާތަކުގެ ފަހަތުގައި ޗައިނާގެ ތާއީދު އޮންނަ ހެކަރުން: އޮސްޓްރޭލިއާގެ އެޖެންސީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮސްޓްރޭލިއާސަރުކާރުގެ ސައިބަރ ސެކިއުރިޓީ އޭޖެންސީން އަންގާރަ ދުވަހު ބުނެފައިވަނީ 2022 ވަނަ އަހަރު ޗައިނާގެ ތާއީދު ލިބިފައިވާ ހެކަރު ގްރޫޕަކުން އޮސްޓްރޭލިއާގެ ނަން ހާމަނުކުރާ ދެ ނެޓްވޯކުން ޕާސްވޯޑާއި ޔޫޒަރނޭމް ވަގަށް ނަގާފައިވާ ކަމަށާއި އެ ގްރޫޕަކީ ނުރައްކަލެއްގެ ގޮތުގައި ދެމިއޮތް ޖަމާއަތެއް ކަމަށެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ސައިބާ ސެކިއުރިޓީ ސެންޓަރުން އިސްނަގައިގެން ނެރުނު ޖޮއިންޓް ރިޕޯޓެއްގައި ބުނެފައިވަނީ އޭޕީޓީ40 ނަމަކަށް ކިޔާ ހެކަރުން ވަނީ ބޭރުގެ އިންޓެލިޖެންސަށް އިހުމާލުވާ މައި އިދާރާ ކަމަށްވާ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއަށް ނުރައްކާތެރި ސައިބާ އޮޕަރޭޝަންތައް ހިންގާފައި ކަމަށެވެ.

"އެޑްވާންސްޑް ޕާސިސްޓެންޓް ތްރެޓް (އޭޕީޓީ) 40 ގެ ގޮތުގައި ޓްރެކްކޮށްފައިވާ ގްރޫޕްތަކާ އެކްޓިވިޓީ އާއި ޓެކްނިކްސް އޯވަލެޕްވޭ،" އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނިއުޒީލެންޑް، ޖަޕާން، ދެކުނު ކޮރެއާ އަދި ޖަރުމަނުގެ ލީޑް ސައިބާ ސެކިއުރިޓީ އެޖެންސީތަކުގެ އިންޕުޓްތައް ހިމެނޭ ކަމަށް ރިޕޯޓުގައި ވެ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ޗައިނާ އެމްބަސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އޮފިޝަލުން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ބެއިޖިންއިން ސައިބާއެސްޕިއޮނޭޖް ކެމްޕޭނެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި އިލްމުވެރިންނާއި ނޫސްވެރިންނާއި ޑިފެންސް ކޮންޓްރެކްޓަރުން ހިމެނޭ ކުންފުނިތައް ހިމެނޭ ގޮތަށް އެތައް މިލިއަން ބަޔަކަށް ހަމަލާދީފަ އެވެ. އެ މީހުން ބުނަނީ ނެޓްވޯކް ގެނައުމުގެ ޒިންމާ އުފުލަން ޖެހޭނީ ޗައިނާގެ ތާއީދު އޮންނަ "އޭޕީޓީ31" ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ހެކްކުރި ކަމުގެ ތުހުމަތުތަކަކީ ސިޔާސީ ހަރަކާތެއް ކަމަށް އޭރު ޗައިނާއިން ވަނީ ބުނެފަ އެވެ.

އޭ.ޕީ.ޓީ އަކީ ސައިބަރ އެކްޓަރުން ނުވަތަ ގްރޫޕްތަކަށް، ގިނަފަހަރަށް ދައުލަތުގެ އެހީތެރިކަން ލިބޭ، ނުބައި ސައިބަރ ޙަރަކާތްތައް ހިންގާ ޖަމާޢަތްތަކަށް ޢާންމު ލަފުޒެކެވެ. މިދިޔަ މާޗް މަހު ނިއުޒީލެންޑުން ބުނީ އޭޕީޓީ40 އިން 2021 ވަނަ އަހަރު އެ ގައުމުގެ ޕާލަމެންޓްރީ ސާވިސް އަށާއި ޕާލަމެންޓްރީ ކައުންސެލް އޮފީހަށް އަމާޒުކޮށް މުހިންމު މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ.
"[އޮސްޓްރޭލިއާ ސަރުކާރުން] އޮސްޓްރޭލިއާގެ ޖަމިއްޔާތަކާއި ފަރުދުންގެ ދިފާއުގައި ސައިބާ ޑޮމެއިންގައި މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް މި ބާވަތުގެ ސައިބާ އެޓްރިބިއުޝަންގައި އިސްކޮށް ހަރަކާތްތެރިވަނީ،" ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ޒަމާނަށް ފަހު އަލުން ގުޅުން ބަދަހިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 އުފެދުނު ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ކެންބަރާއިން ގޮވާލުމާ އެކު 2020 ވަނަ އަހަރު ގުޅުން ވަނީ ދަށަށް ގޮސްފަ އެވެ. ބެއިޖިންއިން އެކަމަށް ރައްދު ދީފައި ވަނީ އޮސްޓްރޭލިއާގެ ބައެއް ބާވަތްތަކުން ޓެރިފް ނަގަމުން ކަމަށާއި އޭގެ ތެރެއިން ގިނަ ތަކެތި މިހާރު ވަނީ އުވާލާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!