ޚަބަރު

ކޮވިޑް-19: ޝައްކުކުރެވޭ 3 މީހުން ފެނުމުން އަނަންތަރާ ދިގު އަނެއްކާވެސް ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކުކުރެވޭ ތިން މީހުން ފެނުމުން އަނަންތަރާ ދިގު ރިސޯޓު އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.

Ads by STELCO

އެ ރިސޯޓުން މި ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓު ކުރުމަށް ނިންމާފައިވަނީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

އަދި ނަތީޖާ ލިބެންދެން އެ ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

މީގެކުރިން އަނަންތާރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ބިދޭސީއަކު ވަނީ ކޮވިޑް-19އަށް ވަނީ ފައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ފައްސިވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ފައްސިވި މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!