ޚަބަރު

ފެލައިނީ ކޮވިޑް-19 އަށް ފައްސިވީ ރާއްޖެއިން ފުރިފަހުން ކަމަށް ބެލެވޭ: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ، ކޮވިޑް-19 އަށް ފައްސިވީ ރާއްޖެއިން ފުރިފަހުން ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ފެލައިނީ ރާއްޖެ އައިސްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށާއި އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށެވެ. އަދި އޭނާ ރާއްޖެ ފުރައިގެން ގޮސްފައިވަނީ މި މަހުގެ 12 ގައި ކަމަށާއި ބައްޔަށް އޭނާ ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލަފާކުރެވެނީ އޭނާއަށް ބަލިޖެހުނީ ރާއްޖެއިން ދަތުރުކޮށް ދިޔަފަހުން ޗައިނާއިން ކަމަށް" މަބްރޫކް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި، އަދި ފެލައިނީ އާ "ކްލޯޒް ކޮންޓެކްޓު" ވި މީހަކު އެކަހެރިކޮށްފައިިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!