ޚަބަރު

ކޮވިޑް-19: އިތުރު ތިން މީހެއްގެ ސާމްޕަލް ނައްސި ވެއްޖެ

ކޮވިޑް-19އަށް ޝައްކުކުރެވިގެން ސަމްޕަލް ނަގައި ޓެސްޓުކުރި ތިން މީހެއްގެ ނަތީޖާ ނައްސި ވެއްޖެއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ވައިރަހަށް ޝައްކުކުރެވުނު ދިވެހި މީހާގެ ނަތީޖާ އާއި ސެންތާރާ ގްރޭންޑް ރިސޯޓުން ޓެސްޓު ކުރެވުނު ދިވެއްސެއްގެ ނަތީޖާ ނައްސި ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާއިން ރާއްޖެ އައި "އެލިއޯން" ކިޔާ ކާގޯ އުޅަނދަކުން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ބިދޭސީ މީހާގެ ޓެސްޓުގެ ނަތީޖާ ވެސް ނައްސި ކަމަށެވެ.

ނަމަވެސް އޭނާ ހުޅުލޭ އައިލޭންޑް ހޮޓަލަށް އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ ނައްސި ވުމުން އެ ބޯޓު މޮނީޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ފައްސިވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ފައްސިވި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!