ޚަބަރު

ކޮވިޑް19އަށް މޯލްޑިވިއަން: ބޯޑް މެމްބަރުންގެ މުސާރަ އުނިކޮށް މާބަނޑު މީހުންނާއި ޚާއްޞަ ބަލިތައް ހުންނަ މީހުންނަށް ޕޭލީވެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުންނާއި ޚަރަދު ކުޑަ ކުރުމުގެ ގޮތުން ގައުމީ އެއަރލައިން މޯލްޑިވިއަނުން ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މޯލްޑިވިއަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޯޑް މެމްބަރުންގެ މުސާރައިގެ 20 އިން ސައްތަ އުނިކޮށް ، މާބަނޑު މީހުންނަށާއި އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށާއި ޚާއްޞަ ބަލިތަކުގެ މީހުން ނުވަތަ ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ މުވައްޒަފުންނަށް 30 ދުވަހުގެ ޕޭ ލީވެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޚާއްޞަ ބަލިތަކުގެ ތެރޭގައި ހިތުގެ ބައްޔާއި ، ކެންސަރާއި ، ނޭވާލާ ނިޒާމުގެ ބަލިތަކާއި ލޭ މައްޗަށް ދިޔުން ހިމެނެއެވެ.

މީގެ އިތުރުން ޗުއްޓީ ބޭނުންވާ ކޮންމެ މުވައްޒަފަކަށް ވެސް އެއް މަހާއި ތިންމަސް ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް ދިނުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

ކޮވިޑް19 އާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް އެކި ކުންފުނިތަކުން ގެންދަނީ ފިޔަވަޅު އަޅުއްވަމުންނެވެ. އެގޮތުން އެމްޕީއެލް އިން ވެސް ވަނީ މާބަނޑު މީހުންނަށް ޗުއްޓީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!