ދޫނި ކޮއްޓެއްގައި ބަޔަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ބަލަނީ

ދޫނި ބަހައްޓާ ކޮއްޓެއްގައި ބަޔަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އޭގެ ކޮއްޓެއްގައި ދިވެހި ދެ ފިރިހެނަކު ބަންދުކޮށްގެން އުޅޭ މަންޒަރެވެ. އެނގިފައިވާ ގޮތުން މިއީ މާލޭ އާޓިފިޝަލް ބީޗުގައި ހިނގި ކަމެކެވެ.
ފައިސާ ނުދީގެން، އެ ފައިސާ ދޭނަމާ އެއިން އެކަކު ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.
ފުލުހުންނާ ސުވާލު ކުރުމުން ބުނީ އެ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް މިހާރު އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ ހިދުމަތުން ބުންޏެވެ.