ސަފާރީއަކުން ހުޅުމާލެ އަށް ފޭބި މީހަކު ހައްޔަރުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހުޅުމާލެ އަށް ފޭބި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 18:15 ހާއިރު ހުޅުމާލެ ބަނދަރުގައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީ އިން ހުޅުމާލެ އަށް ފޭބުމަށްފަހު އަދި ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިޔުމުން ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance