Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިމާރާތެއްގެ ހަތް ވަނަ ބުރިން ބިދޭސީއަކު ވެއްޓި އަނިޔާ ވެއްޖެ

މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ހަތްވަނަ ފަންގި ފިލާއިން ބިދޭސީ އަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި އިމާރާތް ކުރަމުން ދިޔަ ތަނެއްގެ ހަތްވަނަ ފަންގިފިލާއިން ބިންމައްޗަށް ބިދޭސީއަކު އުޅޭ ކަމުގެ މައުލޫމާތު މިރޭ 18:19 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި އިމާރާތް ކުރާ ފަރާތްތަކުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް