ޚަބަރު

ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާ ދެން ބާއްވާނީ ވަކިން ކުލަގަދަކޮށް: މިނިސްޓަރު ޝަހީމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުރިއަށް އޮތް ތަނުގައި ދެން ބާއްވާނީ ވަކިން ކުލަގަދަކޮށް ބާއްވާ ގައުމީ ފެންވަރުގެ ހަފުލާއެއް ގޮތަށް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ޒަމާނުއްސުރެން ފެށިގެން ހާފިޒުންގެ ގްރެޖުއޭޝަން އަދި ގައުމީ ޤުރްއާން މުބާރާތް ނިމުމުގެ ހަފުލާ ބާއްވަނީ އެކީގަ އެވެ. މި އަހަރުގެ މުބާރާތް ނިންމުމަށް އަދި ހާފިޒުންނަށް ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ހަފުލާގައި ޝަހީމް ވިދާޅުވީ ކުރިން އެ ގޮތަށް އޮތީ މަދު ބަޔަކު ޤުރްއާން ހިތުދަސްކުރާތީ ކަމަށެވެ.

"މިދެ ހަފުލާ، ދެ ހަރަކާތް، އެކުގައި ގެންދިއުމަކީ، އެއްވެސް ހަރަކާތަކަށް ދޭން ޖެހޭ ހައްގު ގަދަރު ނުދެވިދާ ކަމެއް، އެހެންވެ ގައުމީ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާއަކީ ވަކި ހަފުލާއެއް ގޮތަށް، ހާފިޒުންގެ ގްރެޖުއޭޝަނަކީ ވަރަށް ބޮޑަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ވަކި ހަފުލާއެއް ގޮތަށް،" ޝަހީމް ވިދާޅުވި އެވެ.

މި އަހަރު ޤުރްއާން ހިތުދަސްކޮށްގެން ހާފިޒުކަމުގެ ހަނދާނީ ލިޔުން 32 ފަރާތަކަށް ލިބޭ ކަން ފާހަގަ ކުރައްވައި، މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ހާފިޒުންގެ ގްރެޖުއޭޝަން ވަކި ހަފުލާއެއް ގޮތަށް ކުލަގަދަކޮށް ބާއްވާ ގޮތަށް މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!