ޚަބަރު

އިހުސާން ވިދާޅުވަނީ އޭޓީއެމް ދޮށުގައި ޑޮލަރު ވިއްކާ ބިދޭސީން މަދުވެއްޖެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ އަށް 3 އަހަރުން ހައްލު ހޯދާނެ ކަމަށް/ ފޮޓޯ: ހޯމް މިނިސްޓްރީ

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ދޮށުގައި ގަވާއިދާ ހިލާށް ޑޮލަރު ވިއްކާ ބިދޭސީންގެ އަދަދު ކުރިއާ އަޅައިބަލާއިރު މަދުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ހިމެނޭހެން ހޯމް މިނިސްޓްރީ އެކުލަވާލާފައިވާ ޓާސްކު ފޯހުން މާލޭގައި އޮޕަރޭޝަންތަކެއް އެބަ ހިންގަ އެވެ. އެގޮތަށް އަތުލައިގަންނަ ބިދޭސީން ޑިޕޯޓްވެސް ކުރެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވަގު ޑޮލަރު ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންއާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އިހުސާން ވިދާޅުވީ މައްސަލައަށް މުޅިއެކު ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ރައްޔިތުންނަށް އިހުސާސްކުރެވޭ ވަރަށް އޭޓީއެމް ދޮށުގައި ޑޮލަރު ވިއްކާ ބިދޭސީންގެ އަދަދު މަދުވެފައިވާ ކަމަށެވެ

"މިހާރު އެކަން ފީލްވާން ވާނެ ދިވެހިންނަށް، މަދުވާނެ އެކަންތައް އޮޕަންކޮށް ކުރުން ތަންކޮޅެއް މަދުވާންވާނެ" އިހުސާން ދެއްވި ޔަގީންކަމަކީ ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ކުރިއަށްގެންގޮސް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކޮށްފައިވާއިރު 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!