ޚަބަރު

މެންބަރުންގެ އާއިލާއަށް އެކަނި ވީއައިޕީ ލައުންޖުގެ ހިދުމަތްދެވޭ އުސޫލު ދަމަހައްޓަން ނިންމައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އާ މަޖިލިސް މެމްބަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާއިލާއަށް އެކަނި ވީއައިޕީ ލައުންޖު ދިނުމަށް ކުރިން މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތަށް ކުރިއަށް ދާން، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

Ads by Hajj Corporation

މީގެ ކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރުމުގައި މެމްބަރުންނަށް ލިމިޓްކޮށްފައެއް ނޯވެ އެވެ. ނަމަވެސް 19 ވަނަ މަޖިލީހުން ވަނީ މެންބަރުންގެ އަނބިމީހާ/ފިރިމީހާއާއި ދަރިން އަދި މައިންބަފައިންނަށް އެކަނި ދެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ކުރިން އަމަލުކުރި ގޮތަށް މެންބަރުންނާ އެކު ފުރާ އެންމެނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ދިނުމަށް ކޮމިޓީން ފުރަތަމަ ނިންމި އެވެ. ނަމަވެސް މިރޭ އަނެއްކާ ވެސް ކޮމިޓީ ބައްދަލުވުން ބޭއްވުމަށް ފަހު ކުރިން އޮތް ގޮތަށް ދާން އަނެއްކާ ވެސް ފާސްކޮށްފި އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!