ޚަބަރު

ކޮވިޑް-19: ހުދުރަންފުށި ރިސޯޓު ލޮކްޑައުންކޮށް އަލާމާތަތައް ފެނުނު ދިވެއްސެއް ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނު ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހުދުރަންފުށި ރިސޯޓުން ވައިރަހުގެ އަލާމާތްތައް ފެނުނު ދިވެހި މީހާގެ ސާމަޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އަރައި ފޭބުން މަނާކޮށް އެ ރަށް މިހާރު ލޮކްޑައުންކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ އއ.ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!