ޚަބަރު

މި ފެނުނީ ފަތުއަޑު ކިޔާފައި ރައީސަށް ތާއީދު އިތުރުވާ ތަން: އަބްދުއްރަހީމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ފެނުނީ "ފަތު އަޑު ކިޔާފައި" ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާއީދު އިތުރުވަމުންދާ ކަން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ހަ ބައި-އިލެކްޝަނުގެ ތެރެއިން ފަސް ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރުމުން މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމްގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ރައީސް ޑރ. މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރު ވަމުންދާ ކަމުގެ ސާފު ހެކި ވޯޓުން މިއަދު ވެސް ދައްކައިދީފި،" ރައީސްގެ އެންމެ އަރިހުގައި މި ވަގުތު ހުންނެވި އަބްދުއްރަހީމް ލިޔުއްވާފައިވެ އެވެ.

މިއަދު ބޭއްވީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާއާއި، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ބައި އިލެކްޝަންގެ އިތުރުން ރ. ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑި އާއި ފ. ބިލެތްދޫ ރައީސްގެ ގޮނޑީގެ ބައި-އިލެކްޝަނެވެ.

މީގެ ތެރެއިން ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ފިޔަވައި ބާކީ ފަސް ގޮނޑި ކާމިޔާބުކުރީ ޕީއެންސީ އެވެ.

Ads by Ooredoo
  1. ާއަލީ

    ލާރިއަށް ވިކޭ މީހުން ގިނަވާ ތަނެއް ނޫންތޯ!