ޚަބަރު

ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމަށް މަޖިލީހުގެ ވަފުދެއް ފުރާވަޑައިގެންފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް މިރޭ ފުރާވަޑައިގެންފި އެވެ.

Ads by Sosun Fihaara

އެ ވަފުދުގައި އިސްކޮށް ހުންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެ ފޯރަމުގައި ނާޒިމް ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ދެން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތެރެއިން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރު، އަދި އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެ ވަފުދުގައި ހިމެނެ އެވެ.

އިދިކޮޅު އެމްޑީޕީން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގަތް އިރު، މި ވަގުތު ވެސް ޗައިނާގައި ރާއްޖޭގެ ތިން ވަޒީރަކު އެބަ އުޅުއްވަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްމުއްތަލިބު ޗައިނާއަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ދެއްވި ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!