ޚަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 8:00 ވަނިކޮށް ހުޅުމާލެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 24 އަހަރުގެ ދިވެހި ފިރިހެނެއް، ކޯޓު އަމުރެެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަތް އަހަރުގެ އަންހެން ކުއްޖާއާއެކު އެއް ގެއެއްގައި ދިރިއުޅުމެން އައި މީހެކެވެ.

އުމުރުން 10 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައ ފުލުހުން މިއަދު ވަނީ ބިދޭސީ ފިރިހެނަކު ވެސް ހައްޔަރުކޮށްފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!