ޚަބަރު

އިއްޔެ 91 ފަރާތަކުން ލޭ ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ އެކަނިވެސް 91 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ބުނެފިއެވެ.

Ads by STELCO

އެމްބީއެސް އިން ބުނީ އިއްޔެ 91 ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެ ސެންޓަރަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން ދާދިފަހުން ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!