ޚަބަރު

ހުޅުމާލޭގެ 12 ތަނެއް ބަލައި، ގަވާއިދާ ހިލާފަށް އުޅޭ 11 ބިދޭސީއަކު ހޯދައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އިމިގްރޭޝަނުން މިއަދު ހުޅުމާލޭން ބަލައިފާސްކުރި ބިދޭސީން އުޅޭ ތަނެއް

އިމިގްރޭޝަނުން ހުޅުމާލޭގެ 12 ތަނެއް ބަލައި، ގަވާއިދާ ހިލާފަށް އުޅޭ 11 ބިދޭސީއަކު މިއަދު ހޯދައިފި އެވެ.

Ads by MWSC

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުގައި އެއް ވަގުތެއްގައި، މި ފަހުން މިހާ ގިނަ ބިދޭސީން ހޯދި ފަހަރެވެ.

މި 11 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މި އެންމެނަކީ ވެސް މިއަދު ހެނދުނު އިމިގްރޭޝަނުން އަތުލައިގަތް މީހުން ކަމަށް އެ އިދާރާއިން ބުންޏެވެ.

މި އޮޕަރޭޝަން ފެށި ފަހުން ކޮންމެ ދުވަހަކު ވެސް އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންތަކެއް އަތުލައިގަނެ އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު މި ފަހުން ހިންގި އޮޕަރޭޝަންތަކުގައި 120 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ދާދި ފަހުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ޖުލައި 15 އާ ހަމަޔަށް 2069 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!